ޔޫތު މިނިސްޓަރުގެ ނައިބު ކަމަށް އަޒްމޫން އަހްމަދު ދީދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
އަޒްމޫނު މިހާތަނަށް ހުންނެވީ ޔޫތު މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓްގެ މަގާމުގަ އެވެ. އޭނާ ކުރިން މަސައްކަތް ކޮށްފައި ވަނީ ނޫސްވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އޮންލައިން ނޫސް ސީއެންއެމްގަ އެވެ. އެއަށްފަހު ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
އަޒްމޫންގެ އިތުރުން އިތުރު ހަ ބޭފުޅަކު ޔޫތު މިނިސްޓަރުގެ ނައިބުގެ މަގާމުގައި ތިއްބަވަ އެވެ.
ރާއްޖޭގެ އިންފްލޭޝަން މަތިވެފައިވާއިރު، ސިޔާސީ މަގާމްތައް ގިނަކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
އަޖޭގެ ފިލްމީ ހަޔާތުގައި ނުވެ އޮތް ކަމެއް!
މެންބަރު މައުރޫފްގެ ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
