ހެދިބޮޑުވަމުން އަންނަ ކުދިންނަށް ނިންޖަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ހަމަނިދި ނުލިބޭނަމަ ނަފްސާނީ އަދި ޖިސްމާނީ ކުރިއެރުމަށް ހުރަސް އެޅެ އެވެ. ދަރިން ނިންދެވުމުގައި މައިންބަފައިން ސަމާލުވާންވީ ކަމަކީ އެކި އުމުރުގެ ކުދިންނަށް ނިދި ބޭނުންވަނީ އެކި މިންވަަރަށް ކަމެވެޒ.
ކުޑަކުދިންގެ ނިދި ލިބެންޖެހޭ މިންވަރު
- 0-2 އަހަރާ ދެމެދު: 16-12 ގަޑިއިރު
 - 1-2 އަހަރާ ދެމެދު: 14-11 ގަޑިއިރު
 - 3-5 އަހަރާ ދެމެދު: 13-10 ގަޑިއިރު
 - 6-12 އަހަރާ ދެމެދު: 12-09 ގަޑިއިރު
 - 13-18 އަހަރާ ދެމެދު: 10-08 ގަޑިއިރު
 
އުމުުރު ފުރައަށް ބޭނުންވާ މިންވަރަށް ހަމަ ނިދި މުހިއްމުވަނީ އެކުދިންގެ ދުޅަހެޔޮކަމާ ގުޅޭ ގިނަ ކަންކަމާ ގުޅިފައިވާތީ އެވެ. ބަރުދަން އިތުރުވުން، ހެދި ބޮޑު ވުން، ސަމާލުކަން ދިނުން އަދި ކުއްޖާގެ މޫޑު ރަނގަޅުވުން ފަދަ ކަންކަން ގުޅިފައި ވަނީ ނިދި ލިބޭ ވަރުގެ މައްޗަށެވެ.
ދިރާސާ އިން ދައްކާ ގޮތުގައި މަދުން ނިދާ ނަމަ އެ ކުދިންނަށް ކަންކަމާ މެދު ޝައުގުވެރިވުމާއި ކަންކަން ހޯދާ އޮޅުންފިލުވަން އުޅޭ މިންވަރު ދަށްވެ އެވެ. ހޯމްވޯކް ހެދުމާއި ހަވާލުކުރާ ކުދިކުދި ކަންކަން ކުރަން އެކުދިންނަށް އުނދަގޫވެ އެވެ. އަދި އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ހަމަޖެހިގެން އެކަމަކާ ކުރިމައްޗެއް ނުލެވެ އެވެ.
"ސްލީޕް ހައިޖީން" ކިޔަނީ ނިންޖާ ގުޅޭ ރަނގަޅު އާދަތަކާއި އެކަމުގެ ސަބަބުން ރަނގަޅު ނިދި ލިބޭ ކަންކަމަށެވެ. ރަނގަޅު އަރާމު ނިދި ހޯދަން ކުރެވިދާނެ ބައެއް ކަހަލަ ކަންކަން އެބަ ހުއްޓެވެ. މިކަންތައް ކުރާ އިރު އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހެނީ ގަވާއިދުން ކުރިއަށް ގެންދިއުމަށެވެ.
- ސްމާޓް ގެޖެޓްތައް ގެންގުޅުން މަދުކުރުން
 - ވަކި ތާވަލެއް އެކުލަވާލުން
 - ނިދުމުގެ ކުރިން ރަނގަޅު ކެއުމެއް ދިނުން
 - އަލިމަޑު މާހައުލެއް ދިނުން
 
			ފުރުގާން މިސްކިތަށް ގެއްލުންދީފި
		
			ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ