ރޯދަ ވީއްލުމަށްފަހު އިހުސާސްވާ ލޮޑުކަމާއެކު ބަނޑު ދަމާލަން އޮށޯތުމަކީ ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ބަލާއިރު ގެއްލުންހުރި އާދަ އެކެވެ.
ކާތާ ގިނައިރެއް ނުވެ އޮށޯވެ ނިދައިފިނަމަ ހަށިގަނޑުގެ ލޭ ދައުރު ކުރާ ގޮތަށް ބަދަލު އާދެ އެވެ. ހަޖަމު ކުރުމަށް ގޮހޮރަށް ޖަމާވެފައި ހުރި ލޭ ގޮހޮރުން މަދުވާން ފަށައި ހަޖަމު ކުރުމަށް ދަތިތަކެއް ކުރިމަތި ކުރުވަ އެވެ.
ކައި ނިމުމަށް ފަހު ދެ ގަޑިއިރެއްހާއިރު މަޑު ނުކޮށް އޮށޯވެއްޖެ ނަމަ މައިދާއާއި އަނގައާ ގުޅުވައިދޭ ހޮޅި (އީސޮފެގަސް)އަށް ކެއި ތަކެތި މަތިން އަރައި ހޮޑުގެ ގޮތުގައި ބޭރުުވުން ގާތެވެ.
ހަމައެއާއެކު ގަދައަށް ކައިގެން ގިނައިރު ނުކޮށް ނިދައިފިނަމަ ގޭހުގެ މައްސަލައާއި މެއިން ދިލަނެގުމާއި މަތިން އެރުން ފަދަ ކަންކަން ކުރިމަތިވުން އެކަށީގެންވެ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު އެނގޭ ކަމަކީ ރޯދަ ވީއްލާ ގޮތަށް އޮށޯވެ އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމެވެ. އޭގެ ބަދަލުގައި ރޯދަ ވީއްލުމަށްފަހު ނަމާދަށް ގޮސް ހަރަކާތްތެރިވެލުން ރަނގަޅުވާނެ އެވެ.
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި
ރާއްޖެ އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޗް އަތުލައިގެންފި