ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީ އާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު އިމްރާން މިހާރު ގަތަރުގެ ވެރިރަށް ދޯހާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަތަރުގެ ހޯމް މިނިސްޓަރުގެ އަރިހަށް މިއަދު ވަނީ އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ ގަތަރުގެ ހޯމް މިނިސްޓަރާއި މިނިސްޓަރު އިމްރާން ބައްދަލުކުރައްވާ ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވަފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ދާއިރާގެ އިތުރުން ވެސް ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާ ގުޅިގެން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.
މިނިސްޓަރު އިމްރާން ގަތަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިމަހުގެ 13 އިން 15 ގެ ނިޔަލަށް އެ ގައުމުގައި ބޭއްވި "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މީޑިއާތަކަށް ފައިސާ ދޭ އުސޫލު ބަދަލުކޮށް އާންމުކޮށްފި
މާ ގިނައިން ވައިގެ އުނދަގޫތައް ކުރިމަތިވާނަމަ އެއީ ނުރައްކަލެއް!
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
