މުމްބާއީ (28 ޑިސެމްބަރު) - އިންޑިއާއިން އެ ގައުމުގައި ހައްދާ ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް އަލުން އެކްސްޕޯޓް ކުރުމަށް ހުއްދަދިނުމަށް ނިންމައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ވަނީ އެ ގައުމުގެ ފިޔާ އެކްސްޕޯޓް ކުރުން 1 ޖެނުއަރީ 2021 ން ފެށިގެން އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެ ގައުމުގެ ގިނަ ސްޓޭޓްތަކަށް ވާރޭވެހި ފެންބޮޑުވުން ކުރިމަތިވެ، ގިނަ ދަނޑުތަކަށް ގެއްލުންވުމުންނެވެ. އަދި މިކަމުގެ ސަބަބުން ފިޔާގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އިންޑިއާ އަކީ ދުނިޔޭގައި ވެސް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. - ރޮއިޓާސް
އީރާނުގެ ނިއުކްލިއާ މާއްދާތައް ފޭރިގަންނަން ޓްރަމްޕް ރާވަނީ
އިޒްރޭލްގެ ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދީފި
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
