ކަދުރަކީ އިސްލާމް ދީނުގައި އެއަށް ހާއްސަ ގަދަރެއް ދެވިފައިވާ އެއްޗެކެވެ. އެގޮތުން ބަލިވެއިންނައިރު ކަދުރު ކެއުމަކީ އޭގައި ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.
ހަކަތަ ލިބޭ
މާބަނޑު އަންހެނުންނަށް ދުވަހީ މަސައްކަތް ކުރުމަށް އުނދަގޫ ވުމުން އިތުރު ހަކަތަ ބޭނުންވެ އެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ވެސް ވަރަކަށް ކަދުރު ކެއުމަކީ ހަށިގަނޑަށް ގިނަ ނިއުޓްރިއެންޓްސް ލިބޭނެ ކަމެކެވެ.
ބަނޑުހަރުވުމުން ދުރުކޮށްދޭ
ބަލިވެއިންނަ ގިނަ އަންހެނުންނަށް އެ ދުވަސްވަރު ބަނޑުހަރުވެ އެވެ. އެއީ ރަނގަޅު ކަމެއް ނޫނެވެ. ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެޥޭ އެއްޗެއް ކަމުން މި މައްސަލަ ދިމާވުމުން ދުރުވާނެ އެވެ.
އެމީނޯ އެސިޑް އުފައްދައިދޭ
ކަދުރުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭތީ ހަޑިގަނޑަށް ބޭނުންވާ އެމީނޯ އެސިޑް އުފައްދައިދެ އެވެ. މިއީ މާބަނޑު ދުވަސްވަރު މައިމީހާއަށއި ދަރިފުޅަށް މުހިއްމު މާއްދާ އެކެވެ.
ވިހާ އިރު ދިމާވާ އެކި މައްސަލަތަކުން ދުރުވޭ
ހަށިގަނޑުގައި ފޮލޭޓް މަދުވުން ވިހެއުމުގައި ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ފޮލޭޓް އެކުލެވޭ ކާއެއްޗެހި ކެއުމަށް މާބަނޑު މީހުންނަށް އިލްތިމާސްކޮށްފަ އެވެ. ކަދުރުގައި ގިނަ އަދަދަކަށް ފޮލޭޓް ހިމެނެ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އާންމުތަނެއްގައި ހިންދޫދީނުގެ އަޅުކަންކުރި މީހަކު ހައްޔަރުކޮށްފި
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!