ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކޮށްފައިވާ ފްޓްސެލް ދަނޑުތައް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާ ދަނޑުތަކުގެ ތެރޭގައި ނ. ހޮޅުދޫ، ރ. އަލިފުށި، ވ. ކެޔޮދޫ، ފ. ނިލަންދޫ، އދ. މަހިބަދޫ ޅ. އޮޅުވެލިފުށި، ކ. ގުރައިދޫ، ކ. މާފުށި، ކ. ގުޅި، ރ. މީދޫ، ށ. ފުނަދޫ. ހއ. ތުރާކުނުގެ އިތުރުން ފުވައްމުލައް ސިޓީ ފުޓްސެލް ދަނޑު ހިމެނެ އެވެ.
ފުޓްބޯލް ރޮމެންޓިކްސް ނަމަކަށް ކިޔާ ވެރިފައިޑް ޓްވިޓާ އެކައުންޓަކުން ވަނީ އެ ފްޓްސަލް ދަނޑުގެ ފޮޓޯތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ޕްރޮމޯޓްވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ގުތުރަތީ ރީތި މަންޒަރުތައް އެ ޓްވިޓާ އެކައުންޓުން ވަނީ މުޅި ދުނިޔެއަށް ދައްކާލައިފަ އެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މީގެކުރިން ވިދާޅުވެފައި ވަނީ 100އަށް ވުރެއް ގިނަ ފުޓްސެލް ދަނޑު އަޅަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި 20 ނުވަތަ 25 ފުޓްބޯޅަ ދަނޑުވެސް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ގިނަ ފުޓްސެލް ދަނޑުތައް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ.
އަމިއްލަ ގެއަށްވުރެ މައިބަފައިންގެ ގެ ކަމުދަނީ ކީއްވެ؟
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
