ގދ. ފިޔޯރީ ސްކޫލްގެ ހޯލެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވި އިރު އެ އިމާރާތުގައި އެއްވެސް ދަރިވަރަކު އަދި ސްކޫލްގެ މުވައްޒަފަކު ވެސް ނޫޅޭ ކަމަށެވެ.
އަލިފާން ރޯވި އިމާރާތުގައި ހުންނަ ފަސް ކްލާސްރޫމްގެ ތެރެއިން ތިން ކްލާސްރޫމް މިހާރު ވެސް ބޭނުންކުރެ އެވެ. އެހެންވެ އަލިފާނުގެ ހާދިސާގެ ސަބަބުން ސްކޫލްގައި ކިޔަވައިދިނުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ކިޔެވުން ހުއްޓާނުލާ ކުރިޔަށް ގެންދެވޭނެ އިންތިޒާމް މިނިސްޓްރީ އާއި ސްކޫލްއާ ގުޅިގެން ދަނީ ހަމަޖައްސަމުން،" އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންނާއި އެމްއެންޑީއެފް އަދި އެރަށު ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި
ކުޑަކުދިންނަށް ދޭ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނިއްޖެ
