ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،768 ސާމްޕަލްއިން ކޮވިޑަށް ޕޮޒިޓިވްވީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ދެން ހިމެނެނީ އަތޮޅު ތެރޭގެ ރަށްރަށުން ހަ މީހުންނާއި ރިސޯޓުތަކުން ފަސް މީހުންގެ އިތުރުން ލިވަބޯޑުން އެކަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށްރަށުން ހަތް މީހުން އަދި އިންޑަސްޓްރިއަލް ރަށްރަށުން އެކަކު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،474 އަށް އަރާފަ އެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 12،878 އެވެ.
ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 541 އެވެ. އޭގެތެރެއިން 47 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.
މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.
ލޯތްބަށްޓަކައި ހުސްފަޔާ ހިނގި ކަމަށް ފަރާ ބުނެފި
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީން ނެރެފި
ޓޮމް އާއި ނަސީމްގެ ކުންފުންޏަށް ވެސް އެތައް މިލިއަންގެ މަޝްރޫއު!
