އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މަޑުޖައްސާލައިފި އެވެ.
އާރްޑީސީން ބުނީ އަމީނީ މަގުގެ މަސައްކަތް މަޑުޖެހިފައިވަނީ، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތައް އަޕްގްރޭޑްކުރަން ބޭނުންވާ ވަސީލަތްތައް ލިބިފައިނުވާތީ ކަމަށެވެ.
މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދެވޭ ވަރަށް ވަސީލަތްތައް ލިބެންދެން އެ މަސައްކަތް މަޑު ޖައްސައިލަން ޕްލޭނިން މިނިސްޓްރީން އަންގައިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގު ތަރައްގީކުރަން އާރްޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން މުޅި އަމީނީ މަގުގައި ތާރުއަޅާނެއެވެ. ޖުމްލަ 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދުގައި ތާރުއެޅުމުގެ އިތުރުން މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
އަމީނީ މަގު ތަރައްގީ ކުރަނީ ސެގްމެންޓްތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމެންޓްގައި ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.
ދެ ނޫސްވެރިން ޖަލަށް ލުމަކީ ހެދި ބޮޑު ގޯހެއް: ސުއޫދު
ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނީ އަސާސެއް ނެތް އަމުރެއް: ޖަމީލް
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
