މީގެ 29 އަހަރު ކުރިން ގަސްދުގައި މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވޭ ޗައިނާގެ ކުށްވެރިއަކު މިފަހުން ހައްޔަރު ކޮށްފި އެވެ.
ޗައިނާގެ ހަބަރުތައް ބުނާ ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރިއިރު މިދިޔަ 29 އަހަރު ތެރޭގައި ކުރި މަސައްކަތުން އޭނާ ވަނީ މިލިއަނަރަކަށް ވެފަ އެވެ.
ޒިއޮންގް ނަމަކަށް ކިޔާ އެމީހާއަށް ވަނީ 1993 ވަނަ އަހަރު އެހެން މީހަކަށް ވަޅިން ހަަމަލާ ދިނުމުގެ ތުހުމަތު ކުރެވިފަ އެވެ. އެ ހާދިސާގައި ހަމަލާ އަމާޒުވި މީހާ ވަނީ މަރުވެފަ އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ ހޫބޭ ޕްރޮވިންސްގެ ޒިއަންގްޔެންގ ނަމަކަށް ކިޔާ އަވަށުންނެވެ. އޭނާއާއި އޭނާގެ އުމުރުން ދުވަސްވީ މަންމަ އުޅެމުން އައީ އިޖުތިމާއީ މަސައްކަތްތތެރިން ތަކަކަށް ވެގެންނެވެ.
ކުށުގެ ހާދިސާ ހިނގިއިރު ޒިއޮންގްއަކީ މެދު ފަންތީގެ އާދައިގެ މީހެކެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގައި އޭނާ ހައްޔަރު ކުރިއިރު އޭނާގެ މިލްކިއްޔާތުގައި ލަގްޒަރީ ފްލެޓަކާއި އެތައް މިލިއަން ޑޮލަރެއް ހުއްޓެވެ.
ފުލުހުން ވަނީ ޒިއޮންގް ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ޝަރީއަތް ހިންގާނެ ކަމަށް ބުނެފަ އެވެ.
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި