އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާއެކު އެގައުމުގެ ރައްޔިތުންގެ ޕާސްޕޯޓުތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
މިހާތަނަށް ދޫކުރަމުން އައި އިނގިރޭސި ޕާސްޕޯޓުތަކުގައި " މި ޕާސްޕޯޓުގެ ވެރިޔާއަށް އެއްވެސް ދަތިކަމެއް ނެތި ތަންތަނަށް ވަނުމުގެ ހުއްދައާއި ބޭނުން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަން ދިނުމަށް އިނގިރޭސި ރާނީ އެދިލައްވާ" މިހެން ބުނާ ބަޔާނެއް ލިޔެފައިވެ އެވެ.
އެހެން ކަމުން ޕާސްޕޯޓުތަކުގައި ރާނީގެ ނަންފުޅު ބޭނުން ކޮށްފައިވާތީ އެކަމަނާ އަވަހާރަ ވުމާއެކު އެ ޕާސްޕޯޓުތަކުގެ ސައްހަ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.
ހަމަ އެފަދައިން އިނގިރޭސި ވިލާތުގެ ފައިސާ ނޫޓުގައި ވެސް ގައުމުގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން ރާނީގެ ނަންފުޅާއި މޫނުފުޅު ބޭނުންކޮށްފައިވާތީ ވެސް ސުވާލުތަކެއް އުފެދިފައިވެ އެވެ.
އެހެން ނަމަވެސް މި ސުވާލުތަކަށް ޖަވާބު ދެމުއން އެގައުމުގެ ސެންޓްރަލް ބޭންކުން ބުނީ އެލިޒަބަތުގެ ނަންފުޅުގައި ޗާޕުކޮށްފައިވާ ހުރިހާ ނޫޓުތަކަކީ އަދިވެސް އެގައުމުގެ ރަސްމީ ފައިސާގެ ގޮތުގައި ބަލައިގަނެވޭނެ ނޫޓުތަކެއް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެލިޒަބަތުގެ ނަންފުޅުގައި ޗާޕުކޮށްފައިވާ ފައިސާ ނޫޓާއި ޕާސްޕޯޓާއި ސްޓޭމްޕްތަކަށް ބަދަލު އައިސް މިހާރުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ނަމަށް ބަދަލު ކުރެވޭނެ ކަމަށް ލަފާ ކުރެވެ އެވެ.
އެހެން ނަމަވެސް މި ތަކެތި ބަދަލު ކުރަން ޖެހޭނީ އެތަކެތީގެ މުއްދަތު ހަމަވުމުން ކަމަށާއި އެހާ ހިސާބަށް އެފަދަ ޕާސްޕޯޓުތައް ސައްހަ ކަމާއެކު ބޭނުން ކުރެވޭނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި