މިއަދު ތާވަލް ކޮށްފައިވާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މައުލޫމާތުި ލިބިފަިއވާ ގޮތުގައި ޝަރީއަތުގެ އަޑު އެހުން މިއަދު ކެންސަލް ކުރީ ކްރިމިނަލް ކޯޓުގެ ފުރާޅުން ފެން ލީކުވާތީ އެވެ.
ކްރިމިނަލް ކޯޓުން ބުނީ "ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީ އާއި މާލަމުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާތީ، މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރެވިފައި" ވާ ކަމަށެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދެ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެންމެ ފަހުން މިދިޔަ މަހުގެ 30 ގައި ބާއްވަން ހަމަޖެއްސި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު