މާލޭ ގެއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ، މާލޭގެ ގެއެއްގެ ތެރެއަށް ބަޔަކު ގުރޫޕް ހަދައިގެން ވަދެ މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ 22:45 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އަނިޔާވީ ތިން މީހަކަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އެއީ 23 އަަހަރުގެ ފިރިހެނަކާއި، 35 އަހަރުގެ ފިރިހެނެއްގެ އިތުރުން، 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. މާރާމާރީގައި އެމީހުންނަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ގެންދާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ނަމަވެސް އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާނެ ކަމަށެވެ.
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި
ޖަޕާނުން 4-0 އިން ޓިއުނީޝިއާ ބަލިކޮށްފި
