ޕީޕީއެމްގެ ކައުންސިލަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި ިއންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ޕާޓީގެ ކައުންސިލްގެ 17 ގޮނޑިއަކަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަ 5 ގޮނޑިއާއި އަދި އަންހެނުންނަށާއި ފިރިހެނުންނަށްވެސް ހާއްސަކޮށްފައިވާ 12 ގޮނޑި ހިމެނެ އެވެ. މި 17 ގޮނޑިއަށް 104 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
ކައުންސިލަށް މެމްބަރުން އިންތިހާބު ކުރާނީ ކުރިމަތިލާ މީހުންގެ ތެރެއިން މި ވަގުތު ތިއްބެވި މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
ސްމާޓް ފޯނުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތައް އިތުރުވަނީ!