ރައްޔިތުން މަޖިލިހުގެ ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލީހުގެ ތަޅުމުގައި ވަޑައިގެން ނޫޅުއްވާ ވަގުތެއްގައި އޭނާގެ ވޯޓިން ސިސްޓަމް ބޭނުންކޮށްގެން އެހެން މެންބަރަކު ވޯޓު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ވަގުތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ޔޫޓިލިޓީސް އޮތޯރިޓީގެ ބިލަށް ވޯޓަށް އެހުމުން، ނާޒިމް އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެއިރު މަޖިލިހުގައި ތަޅުމުގައި ނާޒިމް ހާޒިރުވެވަޑައިގެން ނެތްކަން މަޖިލިހުގެ ރައީސަށް ފާހަގަކުރެއްވުމާއެކު އެ ވޯޓު ބާތިލުކުރައްވައި ދެވަނަ ބުރަށް ވޯޓު ނެންގެވި އެވެ.
އެ ވޯޓު ދެއްވީ ކޮން މެމްބަރެއް ކަމެއް ރިޔާސަތަށް ވެސް ސާފެއް ނުވި އެވެ. ނަމަވެސް ކެނދިކުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާ ނިޒާމީ ނުކުތާއެއް ނަންގަވައި މިއީ ސީރިއަސް މައްސަލައެއް ކަމަށާއި މަޖިލިހުގައި ސީސީޓީވީ ހުންނަ ކަމަށާއި އެއިން ބަލަންޖެހޭނެ ކަމަށާއި، މި މައްސަލަ މަޖިލިހުގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
އެ ވޯޓު ދިން ކަމަށް އީސަ ތުހުމަތުކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އަށެވެ. ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ޓޮމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އީސަ ކުރެއްވި ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
މަޖިލިހުގެ ރިޔާސަތުން އިއުލާނުކުރެއްވީ އެ ވޯޓު ބާތިލުވެފައިވާ ކަމަށެވެ. އަދި ސަަބަބެއް ކަމުގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވަޑައިގެތް ނެތް މެންބަރެއްގެ ސިސްޓަމުން ވޯޓު ދީފައިވުން ކަމަށް ވިދާޅުވި އެވެ. އަދި އެހެން މެންބަރުންގެ ވޯޓިން ސިސްޓަމްތަކާއި މެންބަރުންގެ މޭޒުކޮޅުތަކުގައި ހުންނަ ތަކެއްޗާ ކުޅުއްވުމަކީ މެންބަރުން އެއްވެސް ގޮތަކަށް ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
								
								
					
					
					
					
					
					
					
					
					
					
					
މަ މޮޔަ ވާހަކަ ބުނާނެ، އަޅެ މަތަ މޮޔައީ؟ ވޯޓް ދިން މޮޔަޔަށް އެނގޭނެދޯ ސީސީޓީވީ ހުންނަކަން