މާލޭ އޯކިޑް މަގުން އެމަޖެންސީގައި ދުއްވާފައި ދިޔަ އައިޖީއެމްއެޗްގެ އެމްބިއުލާންސްއެއް ކޮންޓްރޯލް ނުވެ، މަގުމަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކެއްގައި ޖެހިއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 7:50 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އެމްބިއުލާންސް ކޮންޓްރޯލް ނުވެ ސައިކަލްތަކެއްގައި ޖެހި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައެއް ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުވި އިރު އެމްބިއުލާންސް ދުއްވަމުން ދިޔައީ ބަލި މީހަކު އުފުލައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.
މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މަޖީދީމަގުގައި: އެމްޑީޕީ
ޖޯ ބައިޑަންގެ ކެންސަރު އިތުރަށް ފެތުރި އުޅުއްވަނީ ވަރަށް ވޭނުގައި
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!
