މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަހްމަދު ލަތީފު މިއަދު ހަމަޖައްސަވައިފި އެވެ. މި މަގާމަށް އަހްމަދު ލަތީފް ހަމަޖެއްސެވީ ކުރިން ފޮރިން ސެކެޓްރީގެ މަގާމުގައި ހުންނެވި މއ. އަތަމާވިލާ އަބްދުލްޣަފޫރު މުހައްމަދު މަގާމުން ވަކި ކުރެއްވުމަށް ފަހުގަ އެވެ. ޣަފޫރު ހަމަޖެއްސެވީ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށެވެ.
ފޮރިން ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ލަތީފް ހުންނެވީ ޖަރުމަނުވިލާތުގައި ހުންނަވާ ސަފީރު ކަމުގެ މަގާމުގަ އެވެ. ލަތީފް ގެންނެވީ ސަފީރު ކަމުގެ މުއްދަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޖަރުމަނުވިލާތުގައި ހުންނަވާ ސަފީރަކަށް ޗީޕް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ޝާން ޝާކިރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް