ހިޔާ ފްލެޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން އުޅޭ ތަން ބެލިބެލުމުގައި ފުލުހުންނަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލާފައިވެ އެވެ.
އެގޮތުން އެ ފަސްމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ކުރަނީ މަސްތުވާތަކެތިި ބޭނުންކޮށް، އެތަކެތި ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތެވެ.
އެމީހުންގެ ގެ ބަލާ ފާސްކުރުމުގައި ފުލުހުންނަށް 50،300 ރުފިޔާއާ މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ރިޕޯޓުކުރެވިފައިވާ މީހުން ހިމެނެ އެވެ.
ދާންދޫގައި އެލާޖިކްވެގެން މީހަކު ނިޔާވެއްޖެ
އީރާނުގެ ސަފީރު ވަގުތުން ލުބުނާނުން ބޭރުވުމަށް އަންގައިފި
އީރާނުން އެމެރިކާއާއެކު މަޝްވަރާކުރަން އެއްބަސްވުމަކަށް!
