ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަނިލް ކަޕޫރު ކާފައަކަށް ވާނީ ގޭގައި ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ދަ ކަޕިލް ޝަރްމާ" ޝޯގައި ކަޕިލް ވަނީ އަނިލް ކާފައަކަށް ވާން އުޅޭކަން ފާހަގަކޮށް އޭނާއާ ސުވާލުކޮށްފަ އެވެ.
އެގޮތުން ކާފައަކަށް ވާން އުޅޭތީ، މުސްކުޅިވާ ކަމުގެ އިހުސާސް ކުރެވޭތޯ ކަޕިލް އަނިލް ގާތުގައި އެހި އެވެ. އެ ސުވާލަށް ރައްދުދެމުން އަނިލް ވަނީ ކަޕިލްގެ ހަޔާތަށް މިސާލު ދީފަ އެވެ.
އޭނާ ބުނިގޮތުގައި ކަޕިލް ގޭގައި މީހެއްގެ ފިރިއަކަށް ވިއަސް ގެއިން ބޭރުގައި މީހެއްގެ ފިރިއެއް ކަމަށް ނުދައްކަ އެވެ. ހަމަ އެފަދައިން އަނިލް ކާފައަކަށްވެސް ވާނީ ގޭގައި އެކަނިކަމަށާއި، ގެއިން ބޭރުގައި އޭނާ ކާފައަކަށް ނުވާނެކަމަށް އަނިލް ބުނެފައިވެ އެވެ.
އަނިލް އަކީ އޭނާގެ އުމުރާއި ބަލައި ޒުވާންކޮށް ހުރުމާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ މީހެކެވެ. 90ގެ އަހަރުތަކުގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަނިލް ވަނީ ކާމިޔާބު ފިލްމުތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފަ އެވެ.
އިމްތިހާނުގެ ކުރިން ކިމް ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފި
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
