ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ގަބޫލުކުރުމުގެ ދައުވާއެއް އުފުލުމުން މީގެކުރިން ދެ އަޑުއެހުމެއް އެ މައްސަލާގައި ބޭއްވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް އެ ދެ ދައުވާ ސާބިތުވެއްޖެ ނަމަ އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި
