އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިލްޒާމް އަޅުވައި ހައްޔަރުކުރި އެ ސްކޫލްގެ މަސައްކަތު ވަޒީފާގައި އުޅުނު އާމިނަތު ދިޔެ (އާމިން ދައްތަ) މިރޭ މިނިވަންކޮށްފި އެވެ.
އާމިން ދައްތަ މިނިވަންކޮށްފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށް ބުނެ މިނިވަންކޮށްދިނުމަށް ދައުލަތުގެ އެކި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އާމިން ދައްތަ މިނިވަންކުރުމަށް ގޮވާލައި ހުއްޓުމެއް ނެތި ކޮންމެ ރެއަކު ސިލްސިލާ މުޒާހަރާތަކެއް ވެސް އައްޑޫ ސިޓީ ހިތަދޫގައި ކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ އުމުރުން 59 އަހަރުގެ އާމިން ދައްތައަށް ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވުމުން މިރޭ އޭނާ ދޫކޮށްލާފައިވާނެ ކަމަށެވެ.
އެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ ކާފަ ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް އައްޑޫ ސިޓީ ހިތަދޫގެ ރައްޔިތުން ވަނީ ބުނެފަ އެވެ.
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
