ބޮލީވުޑްގައި 90ގެ އަހަރުތަކުގައި ގިނަ ބައެއްްގެ ހިތްތަކުގައި ވެރިކަން ކުރި ފަންނާނު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ މަތީ ފަންތީގެ ފަންނާނުންތައް ކައިވެނި ކުރަމުންދާއިރު، ފިލްމީ އިންޑަސްޓްރީގައި އޮތީ ކައިވެނީގެ ސީޒަންއެކެވެ.
އެގޮތުން އާތިޔާ ކައިވެނި ކުރަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔަކާ އެވެ.
އިންޑީއާޣެ ރިޕޯޓުތައް ބުނާގޮތުން މިހާރު އާތިޔާ އާއި އޭނާގެ ލޯބިވެރިޔާ ކައްނޯރް ލޯކޭޝް ރާހުލް ދަނީ ކައިވެނީގެ ހުރިހާ ކަމެއް ރާވަމުންނެވެ.
އާތިޔާ އާއި ރާހުލްގެ ލޯބީގެ ގޮތުން ގުޅިފައިވާކަމަކީ އިންޑަސްޓްރީގެ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ދެ މީހުންގެ ފޮޓޯ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު، އެދެމީހުންވެސް މިއަހަރު ފަހުކޮޅު ކައިވެނިކުރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ. އަދި ކައިވެނި ކުރާނީ ސައުތު އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކަަމަށްވެސް މީޑިއާތަކުން ބުނެ އެވެ.
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
