އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބް، ލިވަޕޫލުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިސްރަށް ނިސްބަތްވާ ސަލާހު ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައި ވަނީ އިޖިޕްޓުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނަކުންނެވެ.
މި ހަބަރު ލިބިފައިވަނީ އެފްރިކާ ކަޕް ނެޝަނަލް ކޮލިފަޔާގައި ޓޮންގޯ އާއި ދެކޮޅަށް އިޖިޕްޓުން ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ އެއްދުވަސް ކުރިންނެވެ.
މިއާއި އެކު ޓީމުގެ އެހެން މެމްބަރުންވެސް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ އިރު އެންމެންގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފަ އެވެ.
ކޮވިޑް ހަލުއިކަމާއެކު އިނގިރޭސިވިލާތުގައި ފެތުރެމުންދާއިރު، ފުޓްބޯޅަ މުބާރާތްތައް މެދުނުކެނޑި ކުރިޔަށް އެބަގެންދެ އެވެ.
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
