ހިޔާ ޓަވަރެއްގެ އެޕާޓްމަންޓްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުމާލެގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރު އެޗް-2 ގެ ފަނަރަ ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 8 ޖަހަނިކޮށް ކަމަށެވެ. އަދި ރޯވީ އެ ފްލެޓްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ފަޔާ އެންޑް ރެސްކިއު ޓީމުން އެތަނަށް ދިޔައިރު، ރޯވެފައިހުރި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާ ލިބިފައިނުވާއިރު ފްލެޓަށް ވެސް ގެއްލު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ ކުރިން ހިޔާ ޓަވަރުތައް ކައިރީގައި މީހުން ޖަމާކޮށްފައި ހުންނަ ކުނިތަކުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވުމުގެ ކަންކަމާ ކުރިމަތިވެ އެވެ.
"3 އިޑިއަޓްސް" ސީކުއަލްގެ ވާހަކަ ހާމަކޮށްފި
ﷲގެ މަގަށް ރުޖޫއަވެގެން މެނުވީ ސަލާމަތެއް ނެތް: ހުތުބާ
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް