ބެއިޖިންގް (14 މާޗު) - މިހާރު ކުރިއަށްދާ ޔޫކްރެއިން- ރަޝިއާ ހަނގުރާމައިގައި ރަޝިއާއިން ޗައިނާގެ އެހީއަށް އެދެފައިވާ ކަމަށް ބުނާ ރިޕޯޓުތައް އެ ގައުމުން ދޮގު ކޮށްފި އެވެ.
ޗައިނާއިން މި ރިޕޯޓު ދޮގު ކޮށްފައި މިވަނީ ޑްރޯން ފޯރު ކޮށްދިނުމަށާއި އެހެން އަސްކަރީ އެހީ ފޯރުކޮށް ދިނުމަށް ރަޝިއާއިން ޗައިނާގެ ސަރުކާރުގައި އެދިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ސީއެންއެންއަށް މައުލޫމާތު ދީފައި ވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ބުނީ އެމެރިކާއިން ފަތުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ޗައިނާ ބަދުނާމު ކުރަން ދައްކާ ވާހަކަ ތަކެއް ކަމަށެވެ.
މީގެ ކުރިން ވެސް ޗައިނާގެ އެދުމުގެ މަތިން ރަޝިއާއިން ހަނގުރާމަ ފަސްކުރި ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވެފައިވާއިރު އެކަން ވެސް ޗައިނާއިން ވަނީ ދޮގު ކޮށްފަ އެވެ.
ޗައިނާއިން ޔޫކްރެއިން ހަނގުރާމައިގައި އެގައުމުގެ އެއްވެސް ދައުރެއް ނެތް ކަމަށް ސާބިތު ކޮށްދޭން އުޅޭއިރު އެގައުމަކީ ރަޝިއާއަށް ވާގިވެރިވާ އެއް ގައުމެވެ. – ސީއެންއެން
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
އާންމުތަނެއްގައި ހިންދޫދީނުގެ އަޅުކަންކުރި މީހަކު ހައްޔަރުކޮށްފި
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!