ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އަންނަ އޭޕްރިލް މަހު ރިލީޒްކުރުމަށް ހަމަޖެހިއްޖެ އެވެ.
ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ މިފިލްމު ނެރޭ ތާރީހު، މީގެ ކުރިން ކޮވިޑާއި ގުޅިގެން އެތައް ފަހަރަކު ފަސްކޮށްފައިވެ އެވެ.
ނަމަވެސް އަނެއްކާ ވެސް މިފިލްމު ނެރުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާނު ކޮށްފައިވާއިރު، މި ފިލްމު ދެން ނެރޭނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުކަމަށް މައުލޫމާތުލިބިފައިވެ އެވެ.
"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.
މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައި ވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް
		
								
								