މިއަހަރުގެ މިހާތަނަށް 80،000 އަށް ވުރެން ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 82،478 ފަތުރުވެރިން އައިސްފަ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،341 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި ނުވަ ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ރަޝިއާއިން 16،616 ފަތުރުވެރިން އައިސްފަ އެވެ.
ރާއްޖެއަށް މިދިޔަ އަހަރު ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފަ އެވެ.
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ
ފުރުޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިފި
