ދުބާއީ (24 ޑިސެމްބަރު) - ޕްލާސްޓިކް ލުނބޯތަކެއްގައި ފޮރުވައިގެން ދުބާއީއަށް ޑްރަގް އެތެރެކުރަން އުޅުނު އަރަބި ނަސްލުގެ ބަޔަކު ހައްޔަރު ކުރެވިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން އިތުރަށް ބުނީ ދުބާއީއަށް އެތެރެކުރަން އުޅުނު ކެޕްޓެގަން ޕިލްސްއަކީ އާއްމުކޮށް ލުބްނާނުގައި އުފައްދާ ސައޫދީ އަރަބިއާއަށް އެތެރެ ކުރެވޭ ޑްރަގްސް ކަމަށެވެ.
ފުލުލުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއެކު އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ އަގުގައި ގާތްގަނޑަކަށް 15.8 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ޑަބްލިއުއޭއެމް ނިއުސް އެޖެންސީން ބުނެފައިވެ އެވެ.
ޕޮލިސް މޭޖާ ޖެނެރަލް ޚަލީލް އިބްރާހިމް ވިދާޅުވި ގޮތުގައި ޑްރަގްސް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ރެފްރިޖަރޭޓަޑް ކޮންޓެއިނަރެއްގައި އުފުލި ޕްލާސްޓިކު ލުނބޯތަކެއްގެ ތެރޭގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަރަބި ގައުމަކަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރު ކުރެވިފައިވާއިރު ތަހުގީގު އިތުރަށް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.
އާއްމު ކުރެވިފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ލުނބޯ ޝިޕްމަންޓެއްގެ ބައެއް ފޮށިތަކުގައި ފާހަގަ ޖަހާ މަސްތުވާތަކެތި ހުރި ފޮށިތައް ވަކިކޮށްފައި ހުއްޓެވެ.
ފާއިތުވި މަސްތަކުގައި ލުބްނާނުން ސައޫދީ އަރަބިއާއަށް އެތެރެކުރި އެތައް މިލިއަން ޑޮލަރެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފަ އެވެ. -- އަލް އަރަބިއްޔާ
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!