Hurihaa.mv
Hurihaa.mv
މި ސަރުކާރުން މަޝްރޫއުތަކުގެ ނަމުގައި ކުރަނީ ވައްކަން: މެންބަރު މައުރޫފް
                    <description>ދައުލަތަށް އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ކަމަށް ބުނެ، މި ސަރުކާރު ފެށުނީއްސުރެ ތަފާތު އެކި މަޝްރޫއުތަކުގެ ނަމުގައި ކުރަމުންދަނީ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދުމުގެ ނަމުގައި މި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އެއްވެސް އުސޫލެއް ނެތި ހިންގާ ކަންކަން ކަމަށެވެ. އަދި މި ހުރިހާ...</description>
ބައެއް ފަރާތްތަކުން ދަނީ އެސްޖޭ ކުންފުނި ކުށްވެރިކުރަމުން: ޝަހީމް
                    <description>ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން ބިނާކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެ މަޝްރޫއަށް ކުރިމަތިވި އިދާރީ އަދި ކުރެހުމުގެ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން އެ ކުންފުނި ކުށްވެރިކުރެވެން ނެތް ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެ ކުންފުނީގެ ދިފާއުގައި ވާހަކަދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު...</description>
ބީއެމްއެލް ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއް
                    <description>ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން  އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފި އެވެ.
މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް...</description>
މިސްކިތް އަޅަން ފެނަކައާ ހަވާލުކުރި ސަބަބު ކިޔައިދޭން ޝަހީމް ދެކޮޅު ހައްދަވައިފި
                    <description>ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 11 މިސްކިތެއް ބިނާކުރުމުގެ މަޝްރޫއު، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ސަބަބާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަށް ޖަވާބުދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި މި ސުވާލު ކުރިމަތިކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މެންބަރު މައުރޫފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަން ދެކޮޅު ހައްދަވަމުން މިނިސްޓަރު...</description>
ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
                    <description>ކ. ގާފަރު ކައިރިއަށް މިދިޔަ ހުކުރު ދުވަހު ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު އިންޑިއާގެ ދެ ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުން ޖުމުލަ 10 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ. ހާދިސާ ހިނގި ދުވަހު ސަލާމަތްކުރެވުނު އަށް މީހުން...</description>
މިއީ އީރާނަށް އެއްބަސްވުމަކަށް އަންނަން ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
                    <description>އީރާނަށް ދޭން ނިންމާފައިވާ ވަރުގަދަ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެއްބަސްވުމަކަށް އައުމަށް އޮތީ އެންމެ ފަހު ފުރުސަތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިކަން މުލުންލުހެލުމުގެ ކުރިން އެ ގައުމަށް އެންމެ ފަހު ފުރުސަތެއް ދޭން ބޭނުންވާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ދިނުމަށް އީރާނުން އެއްބަސްވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް...</description>
އިންޑިއާސް ގޮޓް ލެޓެންޓް: ހަދިޔާއެއްގެ ގޮތުގައި ރާއްޖެއަށް ދަތުރެއް ދީފި
                    <description>އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ސަމަޔު ރައިނާގެ މަގުބޫލު ޝޯ "އިންޑިއާސް ގޮޓް ލޭޓެންޓް" ގެ އެޕިސޯޑެއްގެ ތެރެއިން ހަދިޔާއެއްގެ ގޮތުގައި ދިވެހި ރާއްޖެއަށް ދަތުރެއް ދީފި އެވެ.
އެ ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވި މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ކަރަން އޯޖްލާ ވަނީ އެ ޝޯއަށް އައިސް ތިބި، އާއިލާއަށް ފިލައިގެން ކައިވެނިކޮށްގެން އުޅޭ ޒުވާން ޖޯޑަކަށް ރާއްޖޭގެ ދެކޮޅު ޓިކެޓު ވަނީ ހަދިޔާ ކޮށްފަ އެވެ.
މި އެޕިސޯޑުގައި ޖަޖުންގެ ގޮތުގައި...</description>
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުންތަކެއް!
                    <description>މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ އާ މިއުޒިކް ވީޑިއޯ "ޕެޓަލް" އާންމުވުމާއެކު، އޭނާގެ ސިއްހީ ހާލަތާމެދު ގިނަ އަދަދެއްގެ ފޭނުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިއުޒިކް ވީޑިއޯއިން އެރިއާނާ ފެނިގެންދާ ގޮތުން އޭނާ މާބޮޑަށް ހިކިފައިވާ ކަމަށާއި ވަރުބަލިކަން ދައްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ދަނީ ހިޔާލު ފާޅު ކުރަމުންނެވެ.
މި ކަންބޮޑުވުންތައް ބޮޑުވެގެން ދިޔަ އަނެއް ސަބަބަކީ، އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އިވެންޓެއްގައި...</description>
ބޮލީވުޑްގެ އެންމެ ބޮޑު ކޯޅުން އަލުން ފެށެނީ؟ ކަންގަނާގެ ބަހުގެ ހަމަލާތަކެއް ރިތިކްއަށް!
                    <description>ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނޯތުއާއި އެކްޓަރު ރިތިކް ރޯޝަންގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި ހިޔާލުތަފާތުވުންތަކަށް އަނެއްކާވެސް ބޮޑު ސަމާލުކަމެއް ލިބެން ފަށައިފި އެވެ.
ކަންގަނާ ވަނީ ރިތިކް ދައްކާފައިވާ ބައެއް ވާހަކަތަކަކީ އެއްވެސް އިންސާފެއް ނެތް، އަދި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ އޭނާއަށް ވަރުގަދަ ރައްދުތަކެއް ދީފަ އެވެ.
ކަންގަނާ ބުނެފައިވާ ގޮތުގައި ރިތިކް ވަނީ މީގެ ކުރިންވެސް އެކި މީޑިއާތަކުގައި އަދި އާންމު މައިދާންތަކުގައި އޭނާއާ ގުޅޭގޮތުން...</description>
އެލާމް ގަޑީގެ ކުރިން ހޭލެވުން: ހަށިގަނޑުގެ ފުރިހަމަ ގުދުރަތީ ނިޒާމެއް!
                    <description>އެލާމް ގަޑި ޖެހުމުގެ މަދު ސިކުންތުކޮޅެއް ނުވަތަ މިނެޓުކޮޅެއް ކުރިން އަމިއްލައަށް ހޭލެވުމަކީ އާއްމު ކަމެކެވެ. އެލާމްގެ އަޑު ކަންފަތުގައި ޖެހުމުގެ ކުރިން އަމިއްލައަށް ހޭލެވުމަކީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. މިއީ އަހަރެމެންގެ ހަށިގަނޑުގައިވާ ނަފްސާނީ އަދި ބަޔޮލޮޖިކަލް ނިޒާމުތަކުގެ ސަބަބުން ހިނގާ ކަމެކެވެ.
މިކަން މެދުވެރިވާ މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ:
1. ހަށިގަނޑުގެ ގުދުރަތީ ގަޑި (ސާކޭޑިއަން ރިދަމް)
އަހަރެމެންގެ ހަށިގަނޑުގައި 24 ގަޑިއިރަށް ހިނގާ ގުދުރަތީ ގަޑިއެއް އޮވެ އެވެ....</description>
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
                    <description>ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން (ފުޑް ސޭފްޓީ އޮފިސަރުން) ހާމަ ކުރައްވާ ގޮތުގައި، ބިސް ފަދަ ތަކެތި ރައްކާ ކުރުމުގައި ގިނަ މީހުންނަށް ވިސްނާ ނުލެވި ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން ބިސް އަވަހަށް ހަލާކުވެ، އެއިން ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އާންމުކޮށް ގޭގޭގައި ބިސް ބަހައްޓަނީ އަވަހަށް ނެގެން ހުންނަ ގޮތަށް އައިސް އަލަމާރީގެ ދޮރުފަތުގައި ހުންނަ ބިސް ރެކުގަ އެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާ...</description>
ދާ ކޮންމެ މާހައުލަކުން އެހެން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
                    <description>އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ކޮންމެ މާހައުލަކަށް ދިޔަކަމުގައި ވިޔަސް އެހެން މީހުންގެ ހިތްތަކުގައި އެދެވޭ އަދި ފުން އަސަރެއް ތިބާއާމެދު އުފެއްދުމަކީ ދިރިއުޅުމުގެ ތަފާތު ދާއިރާތަކުން ކުރިއަރައި ދިއުމަށް ލިބޭ ބޮޑު ބާރެކެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ހަމައެކަނި ބައެއް މީހުންނަށް އުފަންވާއިރު ލިބިފައިވާ ހުނަރެއް ނޫނެވެ. އެއީ ތިބާގެ ވިސްނުމާއި، އަމަލުތަކާއި، ހަށިގަނޑުގެ ހަރަކާތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން ދަސްކުރެވިދާނެ ކަމެކެވެ.
އަންނަނިވި 7 ނަފްސާނީ އުކުޅަކީ...</description>
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
                    <description>މިހާރުގެ އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަ ވާތީ އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.
އާހިދު 6 ސެޕްޓެމްބަރު 2021 ގައި ފެއްޓެވި ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 އަށް ހަމަވާނެ އެވެ.
އެހެންވެ އެ މަގާމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފަ އެވެ. ރައީސް އޮފީހުން ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި...</description>
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
                    <description>ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ރިޕޯޓުތައް ހުށަހަޅާފައިނުވާތީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި އެ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިނުވާތީއެވެ.
ސެކިޔުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން،...</description>
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ: އެމްޓީޑީސީ
                    <description>ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްގެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށާއި އެފަދަ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުދާކަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ، އެމްޓީޑީސީން ރިސޯޓު ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި މިހާރު ރިސޯޓު ހިންގަމުންދާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް...</description>
މަގު ހަދަން ކޮންނަނިކޮށް ފާރެއް ވެއްޓި އާރްޑީސީގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް
                    <description>ހއ. ކެލާގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް މިއަދު މަގެއް ކޮންނަނިކޮށް ބާގީ ފާރެއް ވެއްޓި، އެ ރަށު މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އުމުރުން ދުވަސްވީ މުވައްޒަފަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު 10:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ކެލާ މަގު ހެދުމުގެ މަޝްރޫއުގައި މަސައްކަތް ކުރަމުންދިޔަ އެ ރަށަށް ނިސްބަތްވާ އުމުރުން 60 އަހަރުން މަތީގެ...</description>
އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް އީރާނުން ބުނެފި
                    <description>އީރާނުން އެމެރިކާއާއެކު މިވަގުތު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށާއި، ނަމަވެސް ހޮރްމޫޒް ކަނޑުއޮޅިން ވަގުތީ ރައްކާތެރި މަގެއް ހޯދުމާ ގުޅޭގޮތުން އޮމާނާއެކު ވާހަކަދައްކަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބަގާއީ އިތުރަށް ވިދާޅުވީ، އޮމާނާއެކު އެއްބަސްވުމަކަށް އައުމަކީ އެ ކަނޑުއޮޅި އަލުން ހުޅުވާލުމަށް ފުދޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށްދާހާ ހިނދަކު މަސްރަހަށް އެއްވެސް...</description>
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
                    <description>ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ސިފައިންގެ ޑައިވަރު މުހައްމަދު މަހުދީގެ މަރުގެ ސެޓްފިކެޓްގައި ހުރި މައުލޫމާތު އިސްލާހުކޮށްދީފައި ނުވާތީ، އޭނާގެ އާއިލާއިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.
މިދިޔަ މޭ މަހުގެ ތެރޭގައި މަހުދީ މަރުވީ، ގެއްލިފައިވާ މީހުން ހޯދުމަށް ފީނުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް، އޭނާގެ މަރުގެ ސެޓްފިކެޓްގައި ބަޔާންކޮށްފައިވަނީ އޭނާ...</description>
އެމްޕީއެލްގައި އިތުރަށް 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ ހަރަދުވޭ: ނާޒިމް
                    <description>މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަތިބި ކަމަށާއި، އޭގެ ސަބަބުން މަހެއްގެ މައްޗަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ތައްޔާރުކުރެއްވި ރިޕޯޓަށް...</description>
ގާނޫނީ ދާއިރާއާ ގުޅުމެއް ނެތް މަންޑޭއަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަން ދީފި
                    <description>ގާނޫނީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް، އަހްމަދު މަމްދޫހު (މަންޑޭ)އަށް ރައީސް މުހައްމަދު މުއިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަން ދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަންޑޭ ވަނީ އެ މަގާމަށް އައްޔަންކުރައްވާފަ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.
މަންޑޭ ވަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ....</description>