އީރާނާއި އެެމެރިކާ އިން ބޭއްވި މަޝްވަރާތައް ފަނުފުލުން
12 April 2026, 12:36
މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެތައް ގަޑިއިރު ތަކަކަށް ކުރިއަށް ދިޔަ ދިގު މަޝްވަރާ ތަކަށްފަހު އީރާނާއެކު އެއްބަސްވުމަކަށް ނާދެވި ވަނީ ނިމިފައި. މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވީ ނައިބު ރައީސް ޖޭޑީ ވެންސް. އީރާނުގެ ފަރާތުން ބައިވެރިވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އަދި ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ. މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ މާހައުލާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ ދެ ފަރާތުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ބައްދަލުވުމުގެ މަސްލަހަތު އެކި ފަހަރު މަތިން ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ ކަމަށް. މި މަޝްވަރާތަކާ ގުޅިގެން، ދެ މިލިއަނަށް ވުރެ ގިނަ މީހުން އުޅޭ އިސްލާމްއާބާދު ސިޓީ ވަނީ ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ބަންދުކޮށްފައި. މަގުމަތީގައި އެތައް ހާސް ސިފައިންނެއް ފޯރިމަރަމުން ދިޔަ. ފޮޓޯތައް: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގެ ކައިރިން މީހަކު ދަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގައި ފުލުހަކު ފޯރިމަރަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއަށް މަރުހަބާ ކިޔަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 12 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް އަށްފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއަށް އާދީއްތަ ދުވަހު ފުރާވަޑައިގަންނަވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އީރާނުގެ މަންދޫބުންނަށް މަރުހަބާ ކިޔަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސްއަށް ސިފައިންގެ ވެރިޔާ މަރުހަބާ ކިޔަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 12 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 12 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުން އިސްނަގައިގެން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާއަށް ވަޑައިގެންނެވި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގައި މީހަކު ދުވަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގައި ސިފައިން ފޯރިމަރަނީ. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގައި ސިފައިން ތައްޔާރީ ހާލަތުގައި. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދުގައި ސިފައިން ތައްޔާރީ ހާލަތުގައި. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި މަޝްވަރާ ބޭއްވި ސަރަހައްދު އާއްމުންނަށް ބަންދުކޮށްފައި. ފޮޓޯ: ރޮއިޓާސް
އޭޕްރިލް 11 - އީރާނާއި އެމެރިކާ ސުލްހަކުރުމަށް ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާތަކަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަޑައިގަންނަވަނީ. ފޮޓޯ: ރޮއިޓާސް