ކޮވިޑް-19 އަށް ފަރުވާހޯދަމުން ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މިއަދު ނިޔާވީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދު މިއަދު މެންދުރު 2:23 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިމަހު މަރުވި ހަވަނަ މީހާ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައި ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 256 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް 92،846 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 90،776 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހަރީޒް އުފެއްދީ އަވަހަށް ދެވިދާނެ ހަދިޔާއެއް!
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
