މިވަގުތު ދުނިޔޭގެ އެތައް ލޯތަކެއް ކަރުނައިން ފުރުވާލަނީ ސްޓީވެން ޖޯޝުއާ ސަންދީމް، 91 އަހަރުގައި ކަނެކްޓިކަޓްގައި ހުންނަ އޭނާގެ ގޭގައި މަރުވިކަމަށް ޔަގީންކަން ޓައިމްސް އިން ފެތުރި ޚަބަރުންނެވެ.
މިއީ ލަވައާއި މިޔުޒިކްގެ ދުނިޔޭގައި ފަޑުނުވާފަދަ ވިދުމަކުން ބަބުޅަމުން އައިސްފައިވާ ހިތްގައިމު ލިރިކްސްތަކެއް ހުށަހަޅާފައިވާ އަދި އެތަކެއް ކާމިޔާބީ ޙާޞިލުކޮށްފައިވާ މިޔުޒިކީ އުދަރެހުގައި އަލިގަދަތަރިއެކެވެ.
މާޗް 22، 1930ގައި އުފަންވި ސްޓީވެން ޖޯޝުއާ ސަންދީމް ވަނީ އެކެޑެމީ އެވޯޑްގެ އިތުރަށް އަށް ޓޯނީ އެވޯޑާއި އެކު 18 ފަހަރެއްގެ މަތިން ގްރެމީ އެވޯޑަށް ނޮމިނޭޓްވެ، އަށް ފަހަރު ގްރެމީ އެވޯޑް ހާސިލްކުރުމާއެކު، ގޯލްޑަން ގްލޯބް އެވޯޑަށް ވެސް ނޮމިނޭޓްވެފައިވެ އެވެ. އޭނާ މަރުވުމުގެ ކުރިން ސްޓީވެން ވަނީ، ފަންނާނުންގެ ދުނިޔޭގައި ލިބޭ އެންމެ ފަޚުރުވެރި އެއް މަގާމުކަމަށްވާ، "އެޑްވަޑް މެކްޑޮވެލް" ލައިފްޓައިމް އެޗީވްމެންޓް މެޑަލްގެ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!