ބަނޑު ހިންދުމަށް އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ބޭނުން ކުރާތަންވެސް އާދެ އެވެ. އެގޮތުން މިއީ ޑައިޓް ކުރަމުންދާއިރު ބޯލުމަށް ރަނގަޅު، ތައްޔާރު ކޮށްލުމަށް ފަސޭހަ ބުއިމެކެވެ.
ބޭނުންވާ ތަކެތި
- 4 ލުނބޯ
- 4 ސަމްސާ މުގުރި އިނގުރު
- 2 ސަމްސާ ފޮނިތޮށި
- 3 ސަމްސާ މާމުތް
- ¼ ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް
ބުލެންޑަރަށް ލުނބޯތައް ފެލާލުމަށްފަހު ބާކީހުރި ތަކެތި އަޅާ 3 މިނެޓް ވަންދެން އެއްކޮށްލުމުން މިއޮތީ ބުއިން ތައްޔާރުވެފަ އެވެ. ކޮންމެ ދުވަހެއްގެ ދެ ކާގަޑީގެ ކުރިން ސަމްސަލެއް ބޯލާށެވެ. ދެ ހަފްތާ ތެރޭގައި އެދެވޭ ނަތީޖާއެއް ފެންނާނެ އެވެ. މަތި ބާރު ފުޅިއަކަށް އަޅާ އަލަމާރީގައިވެސް ރައްކާކުރެވޭނެ އެވެ.
މިއީ ހަމައެކަނި ބަނޑު ހިންދަން މޮޅު ބުއިމެއް ނޫނެވެ. މިއީ ހަޖަމުކުރުމަށް އެހީވެދޭ، ކަރުގައި ރިއްސުން ރަނގަޅުކޮށްދޭ، ހަންގަނޑު އަލިކޮށް އަދި ވައިގެ އުދަނގުލަށްވެސް އެހީވެދޭ ބުއިމެކެވެ.
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން