އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
ނަރުސް މީހާ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް މިމަހުގެ ފުރަތަމަ ދުވަހު ފޮނުއްވީ އޭނާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރުވި ނަރުސް މީހާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕާޓްމަންޓެއްގަ އެވެ. އެ ދެ މީހުންގެ ދަރިއަކުވެސް ހުރެ އެވެ.
އޭނާ މަރުވީ ދަން ޖެހިގެން ކަމަށް ފިރިމީހާ ބުނި ނަމަވެސް އެ ނަރުސްގެ ހަށިގަނޑުން ފެނިފައިވާ ކަންތައްތަކުގެ އިތުރުން، މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ އަމަލުތަކަށް ޝައްކުތަކެއް އުފެދި އެ މީހާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.
މިމީހާގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިމައްސަލައިގެ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ޖޭލޯއާ އެކުގައި!
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"