އެމެރިކާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަން ނިންމައިފި އެވެ. މިގޮތަށް ނިންމާފައި ވަނީ މިހާރު ހުންނެވި ސަފީރު އަލައިނާ ޓެޕްލިޒްގެ ދައުރު ހަމަވާތީ އެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ރައީސް ޖޯ ބައިޑެން އެމެރިކާގެ ސެނެޓަށް ފޮނުއްވާފައިވަނީ ޖޫލީ ޗާންގެ ނަމެވެ. ނަަމަވެސް ސެނެޓުން އަދި އޭނާއަކަށް ރުހުން ނުދެ އެވެ.
ސައުތް ކޮރެއާއަށް އުފަން ޖޫލީ ޗާންއަކީ ގިނަ ގައުމުތަކުގައި ސަފީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ކުރިން ޖަޕާނާއި ޗައިނާގެ އިތުރުން ކޮލަމްބިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އިރާގުގައި ހުންނަ އެމެރިކާ އެމްބަސީގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ބަހުން ވާހަކަދައްކަވަން އެނގިވަޑައިގަންނަވަ އެވެ.
މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޒް ސަފީރު ކަމަށް އައްޔަން ކުރެވުނީ ނޮވެމްބަރު 2018 ގަ އެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި