މުޅި ރާއްޖެއިން ނެގި 4،160 ސާމްޕަލް އިން 89 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެއިން 31 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން 50 މީހުން އަދި ރިސޯޓްތަކުން އަށް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ވެސް ކޮވިޑަށް 1،591 މީހުން ފަރުވާ ހޯދަމުންދާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 21 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑަށް މިހާތަނަށް 84،809 މީހުން ޕޮޒިޓިވްވިއިރު، އެބަލިން 82،974 މީހުން ރަނގަޅުވެފައިވެ އެވެ. އަދި 231 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެ އެވެ.
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ހަސީނާގެ ތަގުރީރުގައި އިންޑިއާގެ ބައިވެރިވުމެއް ނެތްކަމަށް ބުނެފި