މިއަދުވެސް އިތުރު 110 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 27 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 76 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 80،328 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 1،682 ގައި މިހާރު ހުރިއިރު 78،408 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 13 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
ފަހަކަށް އައިސް އަތޮޅުތަކުގެ ގިނަ ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެނި އަންނަނީ މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
