ރާއްޖޭގެ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމް ގާއިމުކުރުމަށް ހުޅުވާލައިފި އެވެ.
އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓްރީން އިން ބުނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދިޔުމަށް ހަމަޖެހިފައި 14 ރަށެއްގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމަކީ, އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓްގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕޮރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫގެ ދަށުން, 14 ރަށުގައި 11 އިން 14އާ ދެމެދުގެ މެގަވޯޓް ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 9، 2021 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިންނެވެ. މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއެކު މަޝްރޫއުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
ސޯލާ ހަކަތައިގެ ނިޒާމް ގައިމްކުރުމަށް ހުޅުވާލި ރަށްތައް:
- ގއ. ވިލިނގިލި
 - ދ. ކުޑަހުވަދޫ
 - ށ. ފުނަދޫ
 - ޅ. ނައިފަރު
 - ލ. ފޮނަދޫ
 - ލ. ގަން
 - ލ. ހިތަދޫ
 - ލ. މާމެންދޫ
 - ލ. ކުނަހަންދޫ
 - ލ. މާބައިދޫ
 - ލ. ދަނބިދޫ
 - ލ. މާވަށް
 - ލ. އިސްދޫ
 - ލ. ކަލައިދޫ
 
ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫން ޖުމްލަ 36 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ވެސް މަޝްރޫގެ ތެރެއިން ރާވާފައިވެ އެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށް ވެސް ވަނީ ހިމައިފަ އެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
								
								