ހަނދުވަރީ ހިނގުމުގައި މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ދަށުން މިހާރު މަސައްކަތް ކުރަމުންދާ ހަނދުވަރީ ހިނގުމުގައި މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށެވެ. ފެންކަނޑާލީ މިރޭ 11 އިން ފެށިގެން ފަތިހު ހަތަރެއް ޖެހުމާއި ހަމައަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ފެން ކަނޑާލާނީ މަޖީދީ މަގާއި މޫނިޔާ މަގާއި ދެމެދު ހަނދުވަރީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބީސީތަކުން ކަމަށް ވެސް ފެން ކުންފުނިން ބުންޏެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ