ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިއަދު ތިން ވަނަ އަށް މަރުވީ ވިލިމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 72 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މި މަރާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 177 އަށް އަރާފަ އެވެ.
މީގެއިތުރުން ކޮވިޑް ޖެހިފައިވާ އުމުރުން 37 އަހަރުގެ ސްރީލަންކާ މީހަކަށް އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު ވަނީ މަރުވެފަ އެވެ. އަދި ކޮވިޑް ޖެހިފައިވާ ފިރިހެނަކު ދ. ބަނޑިދުއިން މިއަދު ވަނީ މަރުވެފަ އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހު އެވެ. މިދިޔަ މަހުގެ ތެރޭގައި 85 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!
