ކޮވިޑް ޖެހިގެން އައްޑޫ ސިޓީން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މިރޭ ވަނީ މަރުވެފަ އެވެ. އެމީހާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
މިއީ މިއަދު މި ބަލީގައި މަރުވި 11 ވަނަ މީހާ އެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 140 ވަނަ މީހާ އެވެ. މިއަދު އެންމެ ގިނައިން މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.
އައްޑޫ ސިޓީގައި މިހާތަނަށް ޖުމްލަ 223 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 47 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިއަދު އަލަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ ފަސް މީހަކަށެވެ.
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
