ސައުދީ އަރަބިއާގެ އެއާލައިންއެއް ކަމަށްވާ ސައުދީ އެއާލައިންސްގެ ދަތުރުތައް މިއަދު އަލުން ރާއްޖެ އަށް ފަށައިފި އެވެ.
އެ އެއާލައިނުގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުން ބައިނަލްއަގްވާމީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލުމާ ގުޅިގެންނެވެ. ނަމަވެސް އެ ގައުމުން މިހާރު ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފަށައިފަ އެވެ.
ސައުދީ އެއާލައިނުން ދަތުރުތައް އަލުން ފެށުމާއެކު ރާއްޖެ އަށް ހަފުތާއަކު ހަތަރު ދުވަހު ފްލައިޓް ބާއްވާނެ އެވެ. އެއީ އާދީއްތަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވައިލި ފަހުން 30 އެއާލައިނަކުން ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ. މީގެ ތެރޭގައި 22 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރާއިރު އަށް އެއާލައިނަކުން ކުރަނީ ޗާޓަރު ދަތުރުތަކެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!