ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި، ޕާޓީގެ އެކި މަގާމުތަކަށް 2،500 އަށް ވުރެ ގިނަ މީހުން އިންތިހާބު ކުރާނެ ކަމަށް ޕީއެންސީން މައުލޫމާތުދެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަގާމުތަކަށް އެންމެ ގިނަ މެންބަރުން އެއްފަހަރާ އިންތިހާބުކުރާ ފަހަރު ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
މި އިންތިހާބުގެ ވޯޓުލުން މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި ކުރިއަށްދެ އެވެ. މިއީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ބޮޑު ކޮންގްރެސްގެ ކުރިން، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން ޕާޓީގެ އެތެރޭގެ އެކި ގޮފިތަކަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން ޕީއެންސީގެ މެންބަރުން ނެތް ދާއިރާތަކަށް ދާއިރާ ރައީސުން އިންތިހާބު ކުރާނެ އެވެ. އަދި ޕީއެންސީގެ މެންބަރުން މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް އިންތިހާބު ކުރާނީ ދާއިރާގެ ނައިބު ރައީސުންނެވެ.
ސައިފް މިފަހަރު ފެނުނީ ކްރިކެޓް މެޗަކުން!
އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް
ދިރާގު "ވިން 2 ސްޕީޑްބޯޓްސް"ގެ ފަހު ނަސީބުވެރިޔާ ހޮވައިފި