މަޖީދީ މަގުގައި ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން މިޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަޖީދީމަގުގައި ހުންނަ، ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 13:53 ކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައި ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެއީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ނޫމަޑި މައްސަލައިގައި ރައީސް ރިޝްވަތު ދެއްވިކަން ދޮގުކުރައްވައިފި