އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެން ހެތަވޭ، އޭނާގެ ފިރިމީހާ އެޑަމް ޝުލްމަންއާއެކު ތިންވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ބެލުންތެރިންނަށް ދޫކޮށްލި ކުރު ވީޑިއޯއެއްގައި، އޭނާގެ ބޭބީ ބަމްޕް (ބަނޑު) ވަރަށް ސާފުކޮށް ފެނިގެންދެ އެވެ.

ކަޅާއި ހުދުގެ އެ ވީޑިއޯއާއެކު އެން ލިޔެފައިވަނީ، މިއީ ހަމައެކަނި ފިލްމެއްގެ ރޯލަކަށްޓަކައި ދައްކާލި ބަނޑެއް ނޫން ކަމަށެވެ. އަދި ދަރިން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލު ކުރަމުންދާ ހުރިހާ އަންހެނުންނަށް ހިތްވަރު ދެމުން އޭނާ ބުނީ، އޭނާގެ ކުރީގެ ދެ ފަހަރުގެ މާބަނޑު ދުވަސްވަރަކީވެސް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ.

https://www.instagram.com/reel/DZxVZxCqp1X/?igsh=MXA5dzNvMTI3YnB1aA==

އުމުރުން 43 އަހަރުގެ އެން ހެތަވޭ އަކީ އަބަދުވެސް އޭނާގެ ދިރިއުޅުމުގައި ދަރިން ހޯދަން ކުރި ބުރަ މަސައްކަތުގެ ވާހަކަ ފާޅުގައި ދައްކާ ބަތަލާ އެކެވެ.

މީގެ ކުރިން ދިން އިންޓަވިއުތަކުގައި ދަރިފުޅު ބައިގެން ދިއުމުގެ ހިތާމަވެރި ހާދިސާ ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ. އެހެންކަމުން، މިފަދަ ކޮންމެ އުފާވެރި ހަބަރަކާއެކު، އެ ބަލިމަޑުކަމުގައި އުޅޭ އެހެން އަންހެނުންނަށް އޭނާ އަބަދުވެސް ލޯތްބާއި ހިތްވަރު ފޮނުވަ އެވެ.

އޭން އާއި އެޑަމް 2012 ގައި ކައިވެނި ކުރިިއިރު ވެސް އެމީހުންގެ ދެ ފިރިހެން ކުދިން ތިއްބެވެ. އެއީ ޖޮނަތަން އަދި ޖެކް އެވެ.

ފޭނުންނާއި ސެލެބްރިޓީންގެ މަރުހަބާމި ވީޑިއޯއާއެކު ހޮލީވުޑްގެ އެތައް ތަރިންނަކާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މިލިއަނުން ފޭނުން ދަނީ އެންއަށް މަރުހަބާ ކިޔައި ހެޔޮ ދުއާ ފޮނުވަމުންނެވެ.

"ދަ ޑެވިލް ވެއާސް ޕްރާޑާ" އަދި "ދަ ޕްރިންސެސް ޑައިރީސް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް އަތުލި އެން ހެތަވޭގެ އާއިލާއަށް މި ލިބުނު އުފާވެރިކަމުގައި މުޅި ސޯޝަލް މީޑިއާ ވަނީ ބައިވެރިވެފަ އެވެ.