ބޮލީވުޑްގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ތޭރޭ ނާމް" އާއި "ރަންގީލާ" ގެ ސީކުއަލް އުފެއްދުމުގެ ފެހި ސިގްނަލް ރަސްމީކޮށް ދީފި އެވެ.
މި މަޝްރޫއުތައް އިއުލާންކޮށްފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އީރޯސް އިންޓަރނޭޝަނަލްގެ ގޮފި، "އީރޯސް އިނޮވޭޝަން" އިން ލަންޑަން ޓެކް ވީކްގަ އެވެ.
އީރޯސް އިން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި ޕްރޮޖެކްޓް ތަކެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި "އީރޯސް ޔުނިވާސް"ގެ ދަށުން އިންޑިއާގެ ސިނަމާގައި ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމުތަކެއްގެ ފްރެންޗައިޒް ފުޅާކުރުން ހިމެނެ އެވެ. މިގޮތުން ސީކުއަލް ހަދަން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި:
- ތޭރޭ ނާމް
- ރަންގީލާ
- ތަނޫ ވެޑްސް މަނޫ - ދަ ނެކްސްޓް ޗެޕްޓާ
- އިންގްލިޝް ވިންގްލިޝް
- ދޭސީ ބޯއިޒް
- ފޯބިއާ
އަސްލު ތަރިން ފިލްމުތަކުން ފެންނާނެބާ؟
މި ހަބަރާއެކު ސަޕޯޓަރުންގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ފިލްމުތަކުގެ އަސްލު ބަތަލުންނާއި ބަތަލާއިން މި އާ ބައިތަކުން ފެންނާނެތޯ އެވެ؟ ނަމަވެސް،ރިޕޯޓްތައް ބުނާގޮތުން މި ފިލްމުތައް ކުރިއަށްދާނީ އާ ވާހަކަތަކަކާއި އާ ކެރެކްޓާ ތަކަކާއެކުގަ އެވެ.
އެގޮތުން "ތޭރޭ ނާމް" ގެ ސީކުއަލްއަކީ "ސްޕިރިޗުއަލް ސީކުއަލް" އަކަށް ވާއިރު އެ ފިލްމުގެ މަޝްހޫރު ކެރެކްޓާ "ރާދޭ" ގެ ރޯލުން ސަލްމާން ޚާން ފެނުމުގެ ފުރުޞަތު ވަރަށް ކުޑަ އެވެ.
ހަމަ އެގޮތަށް، 1995 ގައި ރާމް ގޯޕާލް ވަރްމާ ޑައިރެކްޓްކުރި މިއުޒިކަލް ހިޓް "ރަންގީލާ"ގެ އާ ބައިން އާމިރު ޚާން އަދި އުރުމިލާ މަޓޮންޑްކަރް ފެނުމަކީ ވެސް ނާދިރު ކަމެކެވެ.
"ތަނޫ ވެޑްސް މަނޫ" ގެ ތިންވަނަ ބައި "ތަނޫ ވެޑްސް މަނޫ - ދަ ނެކްސްޓް ޗެޕްޓާ"އަށް ކަންގަނާ ރަނޯޓް އާއި އާރް. މާދަވަން އެނބުރި އަންނާނެކަން އަދި ކަށަވަރެއް ނުވެ އެވެ. ނަ
މަވެސް މި ފިލްމު ޑައިރެކްޓްކުރާނީ "ހީރާމަންޑީ" އާއި "ދަ އެމްޕަޔާ" އިން ފާހަގަ ކޮށްލެވުނު މިތާކްޝަރާ ކުމާރު ކަމަށާއި ފިލްމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އީރޯސްއިން ބުނެ އެވެ.
އީރޯސްގެ އެހެން ބޮޑެތި މަޝްރޫއުތައް
ސީކުއަލްތަކުގެ އިތުރުން އީރޯސް އިން ވަނީ "އީރޯސް ބްރަހްމާން"ގެ ނަމުގައި އޭއައި ބޭނުން ކޮށްގެން ހަދާ، އިންޑިއާގެ ފްލޯކްލޯރާއި މައިތޮލޮޖީއަށް ބިނާކުރާ ނުވަ ފިލްމެއްގެ ސިނަމެޓިކް ޔުނިވާސްއެއް ވެސް އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން "އީރޯސް ރީމާސްޓާޑް"ގެ ދަށުން ކުރީގެ ބައެއް ފިލްމުތައް ޒަމާނީ ފެންވަރަށް އުފައްދައިގެން ރިލީޒް ކުރަން ވަނީ ނިންމާފަ އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ރީމާސްޓާ ކުރާނީ ރަޖްނީކާންތުގެ "ކޮޗަޑައިޔާން" އެވެ.
އީރޯސް އިނޮވޭޝަންގެ ފައުންޑަރު އަދި ޗެއާމަން ކިޝޯރު ލުއްލާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހުރިހާ ޖީލެއްގެ ބެލުންތެރިންނާ ވެސް ގުޅޭ ތަފާތު އަދި އާދަޔާ ހިލާފު ވާހަކަތަކެއް ތަފާތު ފޯމެޓްތަކުގައި ގެނެސްދިނުމެވެ.
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
ތާރީހުގެ އެންމެ ބޮޑު ވޯލްޑް ކަޕް ފަށައިގެން ކުރިއަށް!
ރޭގަނޑުގެ އަރާމު ނިންޖަކަށް ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟