އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ގުދުރަތީ މާހައުލާއި ފެންނަން ހުންނަ ފެހި ކަމުގެ ސަބަބުން ބޮޑެތި ފައިދާ ތަކެއް ކުރާކަން ސައިންސްވެރިންގެ ދިރާސާތަކުން ދަނީ ސާބިތު ވަމުންނެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް ގުދުރަތީ މާހައުލެއްގައި، ނުވަތަ ގަސްގަހާގެހި ހުންނަ ސަރަހައްދެއްގައި އެންމެ 20 މިނެޓު ހޭދަ ކޮށްލުމަކީ ސްޓްރެސް ދަށް ކޮށްދީ ހަށިގަނޑު ހަމަޖައްސައިދޭ ކަމެކެވެ.
އިނގިރޭސިވިލާތުގައި ހެދި ބޮޑު ދިރާސާއަކުން ދައްކާ ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު (2 ގަޑިއިރު) ޕާކު، ޖަންގަލި ނުވަތަ އަތިރިމަތި ފަދަ ގުދުރަތީ މާހައުލެއްގައި ހޭދަކުރާ މީހުންގެ އުފާވެރިކަމާއި ދިރިއުޅުމާ މެދު ހިތްހަމަޖެހުން އިތުރެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ބޭރު ތެރޭގައި ހިނގާލުމުން، ހަށިގަނޑުން ބޭރުކުރާ ސްޓްރެސް ހޯމޯންތައް ކަމަށްވާ "ކޯޓިސޯލް" އާއި "އެޑްރީނަލިން"ގެ މިންވަރު ވަގުތުން ދަށްވެ ލޭގެ ޕްރެޝަރު އަދި ހިތުގެ ވިންދު ހަމައަކަށް އަޅުވަން އެހީތެރިވެދެ އެވެ.
އޮކްސްފޯޑް ޔުނިވަރސިޓީގެ ބަޔޯޑައިވާސިޓީ މާހިރެއް ކަމަށްވާ ޕްރޮފެސަރު ބެރޮނަސް ކެތީ ވިލިސް ފާހަގަ ކުރެއްވި ގޮތުގައި، މީގެ ސިއްރަކީ ހަމައެކަނި ޖިސްމާނީ ހަރަކާތްތެރި ކަމެއް ނޫނެވެ.
ގުދުރަތީ މާހައުލުން ފެންނަ "ފެހި ކުލައިގެ އަލި"އާއި، ގަސްގަހާގެހިން ދޫކުރާ މީރު ވަސްތަކުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ވަގުތުން ފިނިކަން ލިބިގެންދެ އެވެ. އެއާއެކު ބޭރުތެރޭގައި ގިނައިން އުޅޭ ފިރިހެނުންގެ ހޯމޯން ބެލެންސް ރަނގަޅުވާކަން ވެސް ދިރާސާތަކުން ވަނީ ފާހަގަކުރެވިފަ އެވެ.
ކޮންމެ މީހަކީ ޖަންގައްޔަކަށް ނުވަތަ ބޮޑު ޕާކަކަށް ކޮންމެ ދުވަހަކު ދެވޭނެ މީހެއް ނޫނެވެ. މާހިރުން ބުނަނީ މިއަށްވެސް ހައްލެއް އެބައޮތް ކަމަށެވެ. ގޭތެރޭގައި ނުވަތަ އޮފީސް ކޮޓަރީގައި ގަސް އިންދުމާއި މާ ބެހެއްޓުމާއި،އަދި ކޮޓަރީގެ ފާރުގައި ގުދުރަތީ މަންޒަރުތައް ސިފަކޮށްދޭ ކުރެހުންތައް ނުވަތަ ފޮޓޯ ހަރުކޮށްލުމުން ވެސް ސިކުނޑިއަށް އެއްކަހަލަ ހަމަޖެހުމެއް ލިބޭ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.
ހާއްސަކޮށް މި ޒަމާނުގައި ސްކްރީންތަކަށް މީހުން ހުސްވެ، "ޑިޖިޓަލް ފވޓީގް" ނުވަތަ ފޯނާއި ކޮމްޕިއުޓަރާ ހުރެ ސިކުނޑި ވަރުބަލިވުން އާއްމު ވެފައިވާއިރު، ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް ގުދުރަތުގެ ތެރެއަށް ނިކުމެ ވަގުތު ހޭދަ ކުރުމަކީ ސިއްހަތަށް އެންމެ ފައިދާ ބޮޑު، އަދި އެންމެ ހަރަދު ކުޑަ އެއް "ބޭހެވެ".
ޑޭވިޑްގެ ތައުރީފު ދަރިފުޅު ވަރުންއަށް ބަންޑުން ކޮށްލައިފި
ލަކްޝްއާއި އަނަންޔާގެ "ޗާންދު މޭރާ ދިލް"އަށް މަޑު ފެށުމެއް!
ޖަމީލްގެ ރައްދު: ފައިސާ ފަހަތުން ޝުޖާއު ދުވާކަން ރިޕޯޓުން ހާމަވޭ