އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެ ޕާޓީ އަލުން ރާވާލުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މީކާއިލް ވިދާޅުވީ ދާދިފަހުން އަރިއަތޮޅަށް ކުރެއްވި ދަތުރުގައި ޕާޓީގެ އާންމު މެންބަރުން ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.
"ލީކުވަމުންނޭ ދަނީ. އަޅުގަނޑު އިންތިހާބަށް ނުކުމެ މި ހުރީ މި ލީކުތައް ބައްދާލަން. އިންތިހާބަށް ނުކުމެ މި ހުރީ މި ޕާޓީގެ އާންމު މެންބަރުން އަޑުއައްސަވާ، މި ޕާޓީ ރާވާލަންވެގެން، ރާވާލާނަން، ރާވާލާނަން 2028 އަށް މި ޕާޓީ ރާވާލަދޭނަން،" މީކާއިލް ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކަމަށް ކުރައްވާ ތުހުމަތު މީކާއީލް ރޭ ވެސް ތަކުރާރުކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މަސްލަހަތު ނަގާލައި ކޯޓަށް ދާނެ މީހަކަށް އަޅުގަނޑު ނުވާނަން. އަޅުގަނޑަށް އިތުބާރު ކުރައްވާ އިންތިހާބު ކާމިޔާބުކުރާނީ ވެސް އާންމު މެންބަރުުންގެ އިތުބާރާއެކު،" މީކާއިލް ވިދާޅުވި އެވެ.
ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ އެމްޑީޕީގެ އާންމު މެންބަރުންގެ ވޯޓާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!
ޕީއެންއެފްގެ ނަން ކިލަނބުވާތީ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

މިފަހަރު ރޫޅާލުމުގެ ބަދަލުގައި ރާވާލުން ސަޅި
ރިޕްލައި