ކޭޕޮޕްގެ މަޝްހޫރު ބޯއީ ބޭންޑްއެއް ކަމަށްވާ "ބީޓީއެސް" ދެ އަހަރަށްފަހު އެނބުރި އަންނަ ވޯލްޑް ޓުއާ ކޮންސެޓު ވަރަށް ކުލަގަދަކޮށް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެކުނު ކޮރެއާގެ ގޮޔާންގްއިން ފަށާފައިވާ އެ ވޯލްޑް ޓުއާގައި އެއް އަހަރު ތެރޭގައި ތަފާތު 34 މަންޒިލެއްގައި ކޮންސެޓް ބާއްވާނެ އެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންސެޓުތައް ބާއްވަން ނިންމާފައިވާއިރު އެމެރިކާ، ޔޫރަޕް އަދި އޭޝިއާގެ މަންޒިލްތައް ވެސް ހިމެނެ އެވެ.

ގޮޔާންގްގައި ބޭއްވި އެ އެ ވޯލްޑް ޓުއާގެ އެންމެ ފުރަތަމަ ޝޯއަށް ވާރޭ ތެރޭގައި ވެސް ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބީޓީއެސްގެ ވޯލްޑް ޓުއާ ފަށާފައި މިވަނީ އެ ބޭންޑްގެ އެންމެ ފަހުގެ ސިންގަލް ޗާޓުތަކުގެ ކުރި ހޯދައި އެ ލަވައަށް ބޮޑު ކާމިޔާބީއެއް ލިބިފައިވަނިކޮށެވެ.

މިއީ ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރަން 2022 ވަނަ އަހަރު އެ ބޭންޑުގެ މެމްބަރުން ބްރޭކް ނެގި ފަހުން އެ ބޭންޑް އެކުގައި ލައިވް ކޮންސެޓަކުން ފެންނަ ފުރަތަމަ ފަހަރެވެ.